cawtcSwr eguLotwa
  
   
 
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު އޮފީސް ...
 

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު އޮފީހަކީ މިލަދުންމަޑުލު ދެކުނުބުރިއަށް ނިސްބަތްވާ 14 ރަށުގެ އިދާރީ ކަންތައްތަކާއި އެހެނިހެން ކަންތައްތައް ހިންގުމަށް ސަރުކާރުން ކަޑައަޅުއްވާފައިވާ މައި އޮފީހެއެވެ. މި އޮފީސް ހުންނަނީ މަނަދޫގައެވެ.

 
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުއޮފީސް:

 

ޓީވީއެމް މިލަދުންމަޑުލު ދެކުނުބުރީ ބިއުރޯ ނ.އަތޮޅުވެރިޔާ ހުޅުއްވައި ދެއްވައިފި

 

24 ޖެނުއަރީ 2007 ދުވަހުގެ ހަވީރު 4.30 ގައި ޓީ.ވީ.އެމް. މިލަދުންމަޑުލު ދެކުނުބުރީގެ ބިއުރޯ ހުޅުވުމުގެ ރަސްމިއްޔާތުވަނީ ވެރިކަންކުރާރަށް މަނަދޫގައި ބޭއްވިފައެވެ. މިބިއުރޯ ހުޅުއްވައިދެއްވީ މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުވެރިޔާ އަލްފާޟިލް ފަރުޙަތު ޢަލީއެވެ.

 

 
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުއޮފީސް:

 

މިލަދުންމަޑުލު ދެކުނުބުރީގެ މީހުންއުޅޭ ބާރަ ރަށެއްގައި މަދިރި ކޮންޓްރޯލްކޮށް ރަށްސާފުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރެވިއްޖެ.

މިލަދުންމަޑުލު ދެކުނުބުރީގެ މީހުންއުޅޭ ބާރަ ރަށެއްގައި މަދިރި ކޮންޓްރޯލްކޮށް ރަށްސާފުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރެވިއްޖެއެވެ. މަދިރީގެ ޒަރިއްޔާއިން ފެތު

 

 
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުއޮފީސް:

މިލަދުންމަޑުލު ދެކުނުބުރީގެ ކޮންމެ ރަށަކުންވެސް އެރަށެއްގެ ރައްޔިތުން ޙާޞިލްކުރަންބޭނުންވާ ތަރައްޤީއާ ކުރިއެރުން ހާޞިލްކުރުމުގައި އެރަށެއްގެ އެންމެހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ގެންގުޅޭނަމަ އެބަޔަކު ޙާޞިލްކުރަންބޭނުންވާ ތަރައްޤީއާއި ކުރިއެރުން ފަސޭހަކަމާއެކު ހާޞިލްކުރެވިގެންދާނެއެވެ. މިގޮތުން މަސައްކަތް ކުރާއިރު ސުލްހަވެރިކަމާ އަމާންކަމަށް ލޯބިކޮށްގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ދިވެހިންނަކީ ޒަމާނުންސުރެ އެއްދީނަކަށްތަބާވާ އެބައިމީހުންގެ ކާބަފައިން ގެނެސްދިން ރީތި ސަޤާފަތެއްގެ މަތީ ދެމިތިބިބަޔެކެވެ. ވުމާއެކު ނ.އަތޮޅުގެ ކޮންމެ ދަރިއަކުވެސް މިގޮތުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ ޤައުމުގެ ކުރިމަގު އުޖާލާކަންމަތީ ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ނ.އަތޮޅުގެ ރައްޔިތުންގެ ހިއްޞާ ބޮޑުވެގެން ދާނޭކަމެއްކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.

 
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުއޮފީސް:

މިލަދުންމަޑުލު ދެކުނުބުރީ ނ.އަތޮޅު އޮފީސް 2006 ނ.މަނަދޫ ދިވެހިރާއްޖެ

ފޯން: 6560012 ފެކްސް: 6560094 އީމެއިލް: info@noonuatoll.gov.mv


Designed by: Maa